ފަތިސްވާއިރު ސްރީލަންކާގެ ހާލަތު އޮންނާނީ ކިހިނެއް ހެއްޔެވެ؟ ސިފައިންގެ އިންގިލާބަކުން ސަރުކާރު ވައްޓާލަފާނެ ހެއްޔެވެ؟

ކުރީގެ ބޮޑު ވަޒީރު މަހިންދާ ވަނީ އާއިލާއާއެކު ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި ފިލާފައެވެ.

ރައީސް ރާޖާޕަކްސަ ވިދާޅުވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރެއް އެކުލަވާލުމަށް ރިއާސީ ބާރުތައް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅު ވަނީ ރައީސް ވެރިކަމުގައި ހުންނެވިހައި ހިނދަކު ސަރުކާރެއް އެކުލަވާލަން އެއްބަސް ނުވާނެ ކަމަށެވެ.

ލަންކާއަށް ސިފައިންގެ އިންގިލާބެއް އަންނާނެ ކަމަށް ވާހަލަތައް ދެކެވޭ ކަމަށް އިނގިރޭސި ޓެލެގްރާފް ނޫހުން ބުނެއެވެ.

ލަންކާގެ ވެރިކަމުގެ ކިއްލާގައި ހޫނުބަހުސްތައް ކުރެވެއެވެ. ކުރިއަށް ވަގުތުތަކުގައި ނާޒުކު ހާލަތު ސާފުވާނެއެވެ.