ނޫސްވެރިޔާ ޝީރީން އަބޫ ޢަޤްލާގެ އާއިލާއަށް ޤަތަރުގެ އަމީރު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ތެހެރާންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޤަތަރުގެ އަމީރު އައްޝައިޚު ތަމީމް ބިން ޙަމަދް އާލަސާނީ ވިދާޅުވީ އިޒްރޭލުން އަމަރު ކުރަމުންދާ ގޮތުން އިޒްރޭލާ ދެކޮޅަށް މީހުންގެ ނަފްރަތުދާނީ އިތުރު ވަމުންނެވެ.
ޤަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދައްރަހުމާން އާލަސާނީ ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައިން މި މައްސަލަ ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.