ޗެޗްނިޔާގެ ކުލީ ސިފައިންނާއި ޗެޗްނިޔާގެ އާންމުންގެ ތެރޭން ރަޝިޔާއާ ދެކޮޅުވެރިން ޔުކްރެއިން ގައި ކުރިމަތިލާންތައްޔާރު ވެއްޖެއެވެ. ޔުކްރެއިން ހަނގުރާމަ ފެށުމާއެކު ޗެޗްނިޔާގެ ރައީސް، ޕޫޓިންގެ ގޮނޑި ކޮއްކޮ، ރަމަޟާން ގަދީރޯފް ވަނީ ޔުކްރެއިންއަށް އޭނާގެ ކުލީ ސިފައިންގެ ފައުކެއް ފޮނުވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފައުޖުގެ އަދަދު ދިހަ ހާހާއި 70ހާހާ ދެމެދުގެ އަދަދެއްގައި އުޅޭނެއެވެ. ރަޝިޔާ ޓީވީން ވަނީ ރަޝިޔާއާއި ޔުކްރެއިންއާ އިންވެގެން އޮންނަ ޖަންގަލީތަކުގައި މިމީހުން ތަމްރީނު ކުރި މަންޒަރުތަކާއި މިމީހުން ޔުކްރެއިންއަށް ވަނުމުގެ ކުރިން ދުއާ ކުރި މަންޒަރުތައް ގެނަސްދީފައެވެ. ޕޫޓިންވެސް ވަނީ އޭނާގެ ހެޔޮ އެދުންތައް މިމީހުންނަށް ފޮނުއްވާފައެވެ.

ޔުކްރެއިންގައި ތިބި ޗެޗްނިޔާގެ މިހާރުގެ ސަރުކާރާ ދެކޮޅުވެރި، އަދި ކުރިން ރަޝިޔާއަތުން މިނިވަންވާން މަސައްކަތް ކުރި ހަނގުރާމަވެރިން ވަނީ ގަދީރޯފްގެ ކުލީ ސިފައިންނާ ކުރިމަތި ލުމަށް ތައްޔާރަށް ތިބި ކަމަށް ބނެފައެވެ.

ޕޫޓިންގެ ރޭވުން ތަހުލީލު ކުރަމުން މުހައްލިލުން ބުނަނީ ޗެޗްނިޔާގެ ކުލީ ސިފައިން މެދުވެރިކޮށް ޕޫޓިން ބޭނުންފުޅު ވަނީ ކިއޭވް ހިފައި ޗެޗްނިޔާގައި އަމަލު ކުރެއްވި ގޮތަށް ގޮނޑިކޮއްކޮ ސަރުކާރެއް އިންދަވާށެވެ.