ރައްޔިތުންނަށް ބޭނުންވާ އަސާސީ ޒަރޫރީ ސާމާނުތައް ލިބިދިނުމަށާއި ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން ވިޔަފާރިތަކާ މަޝްވަރާ ކުރުމަށް ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ކޮމިޓީއެއް އުފައްދަވައިފިއެވެ. މި ކޮމިޓީގެ މަސައްކަތަކަށް ހަމަޖައްސާފައި ވަނީ ދަތިކަމަކާ ނުލައި ރައްޔިތުންނަށް އަސާސީ ސާމާނުތައް ލިބި ދިނުން ކަށަވަރު ކުރުމެވެ. އެގޮތުން ގަސްކާނާއާއި ކާނާގެ ބާވަތްތައް ހޯދުމުގެ އިތުރުން ބޭހާއި ތެލުގެ ބާވަތްތައް ވެސް ފަސޭހައިން ލިބޭ ގޮތް ހެދުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާތައް ބޭއްވުން ހިމެނެއެވެ.
މިކޮމިޓީން ބާއްވާ މަޝްވަރާތަކަށް ފަހު އެކުލަވާލާ ރިޕޯޓް ބޮޑު ވަޒީރަށް ހުށަހެޅުމަށް އަންގާފައި ވެއެވެ.