ޝީރީން އަބޫ އަގްލާގެ ޖަނާޒާގައި އޒްރޭލު ސިފައިން ދައްކާފައިވާ އަނިޔާވެރިކަމަށް އިޒްރޭލުގެ ތަޖުރިބާކާރު ނޫސްވެރިޔާ ގީޑޯން ލީވީ ހާއާޓްޒް ނޫހުގައި ފާޑުކިޔައިފިއެވެ. ލީނީ އިޒްރޭލު ފުލުހުން ސިފަ ކޮށްފައި ވަނީ ގުންޑާއިންގެ ގޮތުގައެވެ.
ފުލުންގެ ވަޒީރުގެ ނުކުޅެދުންތެރިކަމާއި ސަރުކާރުގެ ނުކުޅެދުންތެރިކަމަށް ފާޑު ކިޔަމުން އޭނާ ބުނީ އިޒްރޭލު ފުލުހުންނަކީ ގޮތް ކުޑަ ބައެއް ކަމަށެވެ. ބާރު ގަދަކަން ދައްކަން އެނގެނީ ބަލި ކަށި މީހުންގެ ކުރިމަތީގައި ކަމަށެވެ. އަދި ލަދަކާ ނުލައި ދުނިޔޭގެ ކެމެރާތައް ކުރިމަތީގައި ޖަނާޒާއެއް ހިފައިގެން ދިޔަ ބައެއްގެ ގައިގައި ތަޅައި ގަތީ ކަމަށެވެ.
އޭނާ ސިފަ ކުރި ގޮތުގައި ޝީރީން ޝަހީދުވީ ހިތްވަރުގަދަ ނޫސްވެރިއެއްގެ ގޮތުގައި ނޫސްވެރިއެއްގެ މަސައްކަތުގައެވެ. އަދި އިޒްރޭލުގެ ހުރިހައި ނޫސްވެރިން އެއްކޮށްލިއަސް އެހުރިހައި އެންމެނަށް ވުރެން އޭނާގެ ހިތްވަރުގަދަކަން އެތައް ގުނައަށް ހިތްވަރުގަދަ ކަމަށެވެ.
އަދި އޭނާގެ އެތިބަ އެހެން މީހުންގެ ލެއަށް ވުރެން އެތައް ގުނައަށް ރަތް ކަމަށެވެ.