ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރުވަނީ އެނަޖައިޒް ކުރެވި، މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފެށިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އެކުންފުނީން ވިދާޅުވީ މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވުނު ކަމަށެވެ. އެހެން ކަމުން މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހުނެވެ. މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.