އދ. އޮމަދޫގައި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ހުއްދަ ސްޓެލްކޯއަށް ދީފިއެވެ. އެ ހުއްދަ އެކުންފުންޏަށް ދީފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއަށް އެ ހުއްދަ ލިބުމުން އެ ޚިދުމަތާ، ރަސްމީކޮށް އެ ކުންފުނިން ވަނީ ހަވާލުވެފައެވެ. އެކުންފުނީން މިހާރު ގެންދަވަނީ ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ތައްޔާރުވާން ވެސް ފަށައިފައެވެ. އެގޮތުން މިއަދު އެކުންފުނީން ވަނީ ނަރުދަމާގެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް އޮމަދޫގައި ކުރިއަށް ގެންގޮސްފައެވެ.

ސްޓެލްކޯއަކީ ރާއްޖޭގައި ޔުޓިލިޓީގެ ޚިދުމަތް ދެއްވަމުން ގެންދަވާ ކުންފުނީތަކުގެ ތެރެއިން ހުރިހާ ޚިދުމަތެެއް ދެއްވަމުން ގެންދަވާ ހަމައެކަނި ކުންފުންޏެވެ. އެކުންފުނީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެެސް އަވަހަކަށް ފެންވަރު ރަނގަޅު ޚިދުމަަތެއް ރައްޔިތުންނަށް ދެއްވުމަށެވެ.