ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި، އެޕާރޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް އެފުރުސަތު ސްޓެލްކޯއިން މިއަދު ހުޅުވާލައިފިއެވެ.

"ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކުންފުނިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި، އެޕާރޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމާ، މިހާރު ވަނީ އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި،" ސްޓެލްކޯއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ގެންދަނީ އެޓަވަރުތަކަށް އަމިއްލައަށް ކަރަންޓު ލުމުގެ މަސައްކަތް ކުރަމުންނެވެ. އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ވަނީ ޖުލައި މަސްތެރޭގައި ޓަވަރުތަކަށް މީހުންވައްދާނޭ ކަމަށް ވެސް ވިދާޅުވެފައެވެ.