މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ އޮފީސް މިއަދު ބަންދުވާނޭ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެއެވެ. އެއަށްފަހު މިމަހު 10 އިން 14 އަށްވެސް ބަންދުވާނޭ ކަމަށް ވަނީ ވިދާޅުވެެފައެވެ.

ބަންދަށްފަހު އަލުން ހުޅުވާނީ ޖުލައި 17 ވަނަ ދުވަހު ކަމަށް ވެސް އެކުންފުނީން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި އެކުންފުނީން ފޯރުކޮށްދޭ ޚިދުމަތްތަކާއި 1443 ވަނަ އަހަރުގެ ޙައްޖާގުޅޭ މައުލޫމާތު މީސްމީޑިއާގެ އެކައުންޓުތަކުންނާއި އެކުންފުނީގެ ހޮޓްލައިން 7961012 އަށް ގުޅައިގެން ލިބޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.