އޮގަސްޓް މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ އައިއެފްއާރުއެސް އަދި އައިއެސް އޭ ފޯރަމް 2022 ގައި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ 16 މުވައްޒަފަކު ބައިވެރިވެއްޖެއެވެ. މިއީ ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ

މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންގެ މިދާއިރާގެ، އިލްމާއި ހުނަރު އިތުރުކުރުމާއި، ބަދަލުވަމުން އަންނަ ސްޓޭންޑެޑްތަކަށް މުވައްޒަފުން އަހުލުވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ސްޓެލްކޯއަކީ އަބަދުވެސް ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި މިފަދަ ފުރުސަތު ހޯއްދަވައިދެއްވާ ކުންފުންޏެކެވެ.