ސްޓެލްކޯގެ ސީނިއަރ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ލީޑަރޝިޕް ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ.

މިއީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ކުންފުނީގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ހިދުމަތްދިނުމާއި، ލީޑަރޝިޕް ހުނަރު އިތުރު ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

ސީނިއާ މެނޭޖްމަންޓަށް ޚާއްސަ ކޮށްގެން މި ޓްރެއިނިން ޕްރޮގްރާމް ހިންގީ "އޮގަނައިޒޭޝަނަލް ކޮމިޓްމަންޓް އެންޑް ލީޑާރޝިޕް ފޯ ސީނިއާ ލީޑާރސް"ގެ ނަމުގައެވެ.