މަސްވެރީން އަތުން މަސްގަތުމަށްޓަކައި އައު ބޯޓެއް ހޯދުމުގެ މަސައކްތް ކުރަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފާއިޒް ވިދާޅުވެއްޖެއެވެ. މިއީ މަސްވެރީންގެ އަތުން ގަންނަ މަހުގެ އަދަދު އިތުރު ކުރުމަށް ގެންނަ ބޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިން މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްމާއީލް ވިދާޅުވީ 4 ބީޓެއް މިހާރު ބަލާފައިވާ ކަމަށެވެ. އެ ބޯޓުތައް ބަލާފައިވަނީ ޖަޕާނާއި، ތައިލެންޑުން ކަމަށް ވެސް ވިދާޅުވިއެވެ. އިތުރު ބޯޓުވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ކޫއްޑުއަށް ބާރު ބޮޑުވަމުންދާތީ އިތުރު މެޝިނަރީޒް ހޯދައި ގަންނަ މަހުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށެވެ. މަސް ނުކިރިގެންނާއި އައި ނުލިބުމުގެ ޝަކުވާތައް މަސްވެރީން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދޅުވިއެވެ. މިފްކޯއިން މަސައްކަތް ކުރަމުން ގެންދަނީ މިހުރިހާކަމެއް ވެސް އެންމެ ރަނގަޅަށް މެނޭޖުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަސްވެރިކަން ރަނގަޅު އެވްރެޖިކޮށް ދޯންޏަކު 20-50 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނާކަށް އޭނާ ވިދާޅުވިއެވެ. ކޮންމެ އަހަރަކު ވެސް މަސްވެރިކަމުގެ މޫސުމުގައި މަސްކިރުވުމުގެ މައްސަލަ މަސްވެރިންނަށް އަންނަނީ ދިމާވަމުންނެވެ. މިކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.