ހުޅުމާލޭ ފޭސް ދޭއްގައި ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި އެޕާޓުމެންޓްތަކުގެ ގުއަތުލުން އަންގާރަދުވަހުގެރޭޭ ބާއްވައިފިއެވެ.

އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާފައިވާ ދެ ޓަވަރުގައި މިހާރުވެސް މީހުން އެބައުޅެއެވެ. ނުވިކިހުރި އެޕާޓުމެންޓުތައް އެކުންފުނީގެ މުވައްޒަފުންނަށް ދިނުމަށް ނެގި ގުރުއަތުލުމުގައި އެއް ކޮޓަރީގެ 17 އެޕާޓުމެންޓަށް ވަނީ ގުރުއަތުލައިފައެވެ. އެއް ކޮޓަރީގެ އެޕާޓުމެންޓަށް ޝަރުތުހަމަވާ 75 މުވައްޒަފުން ތިބި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

ތިން ކޮޓަރީގެ އެޕާޓުމެންޓުތަކަށް ޝަރުތު ހަމަވާ 235 މީހުން އެބަތިބި ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. 3 ރޫމުގެ 16 އެޕާޓްމެންޓު ނުވިކި އެބަހުއްޓެވެ.

ގުރުއަތުލުން ބާއްވާފައިވަނީ ޝަރުތު ހަމަވާ މީހުންގެ މެދުގައެވެ. އޭގެ ކުރިން އެލިސްޓު ވާނީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.