އެމްއެންޑީއެފް ނޮދަން އޭރިޔާ ކޮމާންޑުން ހއ. ދިއްދޫގެ ރައްޔިތުންނަށް އަމާޒުކޮށް އެރަށުގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިން ޕްރޮގުރާމެއް ފަށައިފި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.

ހއ. ދިއްދޫގެ ރަށު ކައުންސިލާއި އެރަށުރައްޔިތުންގެ އެހީތެރިކަމާއެކު ހިންގާ މި ޕްރޮގްރާމް 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއީ ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭގޮތް އުނގަންނައިދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ހިންގާ ޕޮރޮގްރާމެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ޕޮރޮގްރާމުގައި ކިޔަވައިދޭބައިތަކުގެ ތެރޭގައި، އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވެއްޖެނަމަ، ނިއްވާނެ ގޮތްތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލަތްތައް އަމަލީގޮތުން ބޭނުންކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމު ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮންޕޯނަންޓްގެ ސިފައިން ކަމުގައި އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.