އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، މިއަދު ފަސްޓް އެއިޑް ކުލާސްތަކެއް ފަށައިކިމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފި އެވެ.

މިއީ ދެ ދުވަހުގެ މުއްދަތަށް ހިންގާ ކްލާސްތަކެކެވެ. އަދި މި ކުލާސްތަކުގައި އެ އެއަރޕޯޓުގެ 16 މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ކުލާސްތަކުގައި ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތާއި، އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި، ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ ދަސްކޮށްދެއެވެ.

ފަސްޓް އެއިޑްގެ ތިއަރީއާއި އަމަލީ ބައިތައް ވެސް ހިމެނޭހެން ކުރިއަށްގެންދާ މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ސިްޙީ ގޮތުން މަސައްކަތްކުރާ ސިފައިންނެވެ.