ދިއްލީގައި ކުރޮޅި ޑްރައިވަރަކު އޭނާގެ ކުރޮޅީގެ ފުރާޅުގައި ބަގީޗާއެއް ހައްދައިގެން ދުއްވާ މީހެއްގެ ފޮޓޮއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ދިއްލީގެ އައިއެސް އޮފިސަރެއްކަމަށްވާ ސްޕްރިޔާ ޝާހް އެ ކުރޮޅީގެ ފޮޓޯ ހިއްސާކުރަމުން ލިޔެފައިވަނީ އެއީ އިންޑިއާ ގޭޓް ކައިރިން އޭނާގެ ރަހުމަތްތެރިއަކަށް ފެނިގެން ނަގާފައި ހިއްސާކުރި ފޮޓޮއެއް ކަމަށެވެ.

އަދި މަހެންދުރަ ކުމާރު ނަމަކަށްކިޔާ އެޑްރައިވަރު ކުރޮޅީގެ ފުރާޅުގައި ގަސް ހައްދާފައިވަނީ އޭނާ އަށާއި އެ ކުރޮޅިން ދަތުރުކުރާ މީހުނަށް ފިނިކުރުމަށް ކަމަށް ލިޔެފައި ވެއެވެ.

ވަރަށް ގިނަ މީހުން އެ ފޮޓޯ ބަލާ އެ ފޮޓޮއަށް ތަޢުރީފުކޮށް "ކޮމެންޓް" ލިޔެފައި ހުއްޓެވެ. ބައެއް މީހުން ބުނީ އެއީ ވަރަށް ރަނަގަޅު ކަމެއްކަމުގައެވެ. އަނެއްބައި މީހުން ލިޔެފައިވަނީ އެ ކުރޮޅިން ދަތުރުކުރާހިތުން ތިބި ކަމަށެވެ.

މިއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދިއްލީން ފެންނަން ފެށި އޮޓޮއެކެވެ. ދިއްލީއަކީ ހޫނު މޫސުމުގައި ވަރަށް ބޮޑަށް ހޫނު ގަދަވާ ސަހަރެކެވެ.