އެމް.އެން.ޔޫ.ގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ހެދުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން މިއަދު ބުނީ އެމަސައްކަތް ފަށައިފައިވަނީ އިއްޔެ ކަމަށެވެ.

އެ މަޝްރޫޢުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއެޅުމުގެ މަސައްކަތާއި، 62.25 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުު ތޮށި ލުމާއި، ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫގެ އިތުރުން ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމައްޓަކައި 22 އޮކްޓޯބަރ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެެވިފައި ކަމަށް ވެސް އެމްޓީސީސިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، ސްޓޯރޭޖް ޝެޑަކާއި އެކްސެސް ރޭމްޕެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.