މަސް ހިފަން ފޭބި އައްޑޫ ސިޓީ ހިތަދޫ ޒުވާނަކު، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރެއް ހާއިރު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ހިތަދޫ ، ފެހިވިނަ / ތަލާލް އަހްމަދު،24، އެވެ. ރެޒޯޓެއްގައި މަސައްކަތް ކުރާ ތޮލާލް، ހިތަދޫއަށް ދިޔައީ މީގެ ދުވަސް ކޮޅެއް ކުރިން ޗުއްޓީއެއްގައި ކަމަށް މައުލޫމާތު އެނގޭ މީހަކު "ހަލިނިއުސް" އަށް މައުލޫމާތު ދިނެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައި މިވަނީ ހިތަދޫއިން ފުރައިގެން ޑިންގީއެއްގައި މަސް ހިފަން ފޭބި 2 މީހުންގެ ތެރެއިން އެކަކު ގެއްލިގެން 11:32 ހާއިރު ރިޕޯޓް ލިބުނު ކަމަށާއި ގެއްލުނު މީހާ ފެނުނީ މޫދު އަޑިން ކަމަށެވެ.

ރާއްޖޭގައި މިފަކަށް އައިސް ފްރީ ޑިވައިން ކޮށްގެން މަސް ހިފަން އުޅުމުގެ ތެރޭގަޔާއި ޑައިވް ފުޅި އަޅައިގެން މަސް ހިފަން އުޅުމުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.