އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފައިވާ ކަމަށް އެތަނަށް ކަރަަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ ކަރަންޓު ކަނޑާލީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަންޖެހޭ ފައިސާ ނުދައްކާތީ ކަަށެވެ. އެފްއޭމުން ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އެފްއޭއެމް އަށް އަންގާފައިވާނޭ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް އެފްއޭއެމް އަށް ގިނަ ފުރުސަތުތަކެއްދިން ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. އެހެންނަމަވެސް އެފްއޭއެމް އިން އެކަންވެސްކޮށްފައި ނުވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

އެ ކުންފުނީން ވިދާޅުވެފައިވަނީ އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފައިސާ ނުދައްކައި އެފްއޭއެމް ހައުސް އިން މިހާރު އެހެންތަނަކަށް ބަދަލު ވެފައެވެ.