މ. އަތޮޅު ދިއްގަރު ގެއެއްގެ ގޯތިތެރޭގައި ހުރި ރުކެއްގައި އާދަޔާ ޚިލާފަށް ގިނައިން ދޫނި ހާލި ހަދާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ގިނަ ބަޔަކު ހިއްސާކުރަމުން އެބަ ގެންދެއެވެ.

މިއީ ދިއްގަރު "ތަރިކަ" ކިޔާ ގޭގެ ގޯތިތެރޭގައި ހުރި ރުކެކެވެ. އެ ގޭގެ ވެރިފަރާތް ކަމަށްވާ އަބުދުﷲ ޖާބިރު ބުނީ އެއީ އެގޭގައި އޮޅުކޮށްގެން ގެންގުޅޭ "ވިލެޖް ވިވާ" ނަމަކަށް ކިޔާ ދޫނި ތަކެއް ބިސް އަޅަން ހަދާ ހާލި ކަމަށެވެ. ހާލިތައް އެހާ ގިނައިން އެފެންނަނީ އެ ދޫނި ތަކުގެ ތެރެއިން ފިރިހެން ދޫނި ހާލި ހެދުމުން އަންހެން ދޫނި އައިސް ބެލުމަށްފަހު އެ ހާލި ކަމު ނުގޮސްފިނަމަ އަލުން ހާލި ހަދަން ޖެހޭތީ އެވެ. މި ހާލިތައް ހަދާފައިހުންނަނީ ރުކުގެ ފަންތައް ގަތައިގެންނެވެ.

މިގޮތަށް އަންހެން ދޫޏަށް ކަމުނުދާތީ އެތައް ހާއްޔެއް ހަދާކަމަށް ޖާބިރު ބުންޏެވެ. އެގޮތުން މިހާރު ދެފަހަރަށް ބިސްއަޅައި ފީކޮށް ދޫނި ފަޅުވައިފިއެވެ. އަދި ދޫނިތައް ފަޅުވައި ހާލިން ނުކުތުމުން އެ ހާލިތައް ރޫޅާލާކަމަށްވެސް ޖާބިރު ބުންޏެވެ.

ޖާބިރު ބުނީ އޮޅުކޮށްގެން ގެންގުޅުމަށް އެންމެ ފުރަތަމަ ގަނެގެން ގެނައީ ވެލްޖް ވީވާގެ ޖޯޑެއް ކަމަށް ހީކޮށެވެ. ނަމަވެސް އެ ދެދޫނިވެސް ވީ ފިރިހެން ދޫންޏަށެވެ. އެހެންކަމުން އަނެއްކާވެސް ޖޯޑެއް ގަތީއެވެ. މިގޮތަށް ޖޯޑު ހަމަކޮށް ގަނެވޭތޯ ބަލަމުން މިހާރު ފިރިހެން 7 ދޫނި އަދި އަންހެން 3 ދޫނި އެގޭގައި އެބަ ތިބިކަމަށް ޖާބިރު ބުންޏެވެ.

މި ދޫނިތައް ބޮޑުކޮށްޓެއްގައި ގެން ގުޅެމުންގޮސް އޮޅުވިތޯ ބަލަން ދޫކޮށްލުމުން އެންމެ ފުރަތަމ ގޮސް ހާލި ހެދީ އެހެން ގެއެއްގައި ހުރި ރުކެއްގައެވެ. އެއީ ރަނގަޅު ގޮތަކަށް ނުވުމުން ޖާބިރު އަނެއްކާވެސް ދޫނިތައް ކޮށްޓަށްލީއެވެ. ދެން އަނެއްކާވެސް ދޫކޮށްލުމުން އެގޭގެ ގޯތިތެރޭގައި ހުރި ރުކެއްގައި ހާލި ހަދަންފެށީ އެވެ.

ޖާބިރު ބުނީ އެ ދޫނިތައް ދޫކޮށްލާފައި ތިއްބަސް އެނބުރި ކޮށްޓަށް، ކާން އަންނަ ކަމަށެވެ. އަދި ނިދަންވެސް އަންނަ ކަމަށެވެ. ތަރިކާ ގޭގައި ދޫނި ކޮށި ހަދާފައި ހުރީ އެ ގޮތަށް ދޫނީގެ މިޒާޖު ބައްޓަން ކުރުމަށެވެ. އެ ދޫނިތައް ކިތަންމެ ގިނައިން ރަށުތެރޭގައި އުދުހި އުޅުނަސް ކާޅުގެ އުނދަގުލެއްވެސް ނުވާކަމަށް ޖާބިރު ބުންޏެވެ.

މި ހައިރާންކުރުވަނި މިޒާޖަށް އުޅޭ ދޫނިތައް ބަލަން އެރަށަށް އަރާ ދަތުރުވެރިންވެސް އެގެއަށް ޒިޔާރަތްކުރެ ފޮޓޯނަގާ ވީޑިއޯކޮށް ހަދައެވެ. އަދި އެ ފުރިހެން ދޫނި ހާލި ހަދައިގެން އަންހެން ދޫނީގެ ރުހުން ހޯދަން އެ އުޅޭ ގޮތް އެއީ ވަރަށް މަޖާ ހިތްގައިމު މަންޒަރެއް ކަމުގައި ޖާބިރު ބުންޏެވެ.

ހުޖާބިރު އޮޅު ކޮށްގެން ގެންގުޅޭ ހަދައި ބިސް އަޅައި އެ ބިސްތައް ފަޅުވަމުން ގެންދާ ކަމަށް އެރަށުން ވާހަކަ ދެއްކި ކައުންސިލުގެ މެންބަރު އަބުދު