އިންޑިއާގެ ސްޕައިސް ޖެޓުގެ ކާގޯގެ ޚިދުމަތުން ކޮވިޑް19އާ ގުޅޭ ވެކްސިން އުފުލައި ދިނުމަށް ޚާއްސަ ޚިދުމަތެއް ތައާރަފް ކޮށްފިއެވެ. ސްޕައިޖެޓްގެ މުދާ އުފުލާ ޚިދުމަތް، ސްޕައިސް އެކްސްޕްރެސްއިން ވަނީ ފިނިކޮށް މުދާ އުފުލުމުގެ ޚިދުމަތުގައި އުޅޭ ލޮޖިސްޓިކް ފަރާތްތަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ސްޕައިސް އެކްސްޕްރެސްއިން މި ޚިދުމަތަށް ދީފައިވާ ނަމަކީ "ސްޕައިސް ފަރްމާ ޕްރޯ"އެވެ. މިއީ ކޮވިޑް19އާ ގުޅޭ ވެކްސިނާއި ބޭސް އުފުލައި ދިނުމުގެ ޚާއްސަ ޚިދުމަތެކެވެ.

ކޮވިޑް19އަށް އުފައްދާފައިވާ ބައެއް ވެކްސިންތަކަކީ ގަދަ ފިނީގެ ހާލަތުގައި ރައްކާކޮށް، އުފުލަން ޖެހޭ ވެކްސިން އެކެވެ.

މިކަމަށް ބޭނުންވާ ކޯލްޑްސްޓޯރޭޖް ފެސިލިޓީޒްވެސް ސްޕައިސް އެކްސްޕްރެސްއިން ވަނީ އުފައްދާފައެވެ.

ސްޕައިސް އެކްސްޕްރެސްއިން ބުނާ ގޮތުގައި މައިނަސް 40 ޑިގްރީއާއި 25 ޑިގްރީއާ ދެމެދުގެ ފިނީގައި ބަހައްޓައިގެން ބޭސް އުފުލާނެ ކަމަށެވެ. ސްޕައިސްގެ ކާގޯއަށް ޚާއްސަ 17 މަތިންދާބޯޓެއް ވަނީ ބާއްވާ ފައެވެ. މި ބޯޓްތަކަކީ ފިނިކުރި ފްރީޒަރތައް ބަހައްޓާފައިވާ ބޯޓްތަކެވެ.

ސްޕައިސް އިން ވަނީ ކޮވިޑްގެ ތެރޭގައިވެސް 85 ހާސް ޓަނުގެ ބޭސް އެކި މަންޒިލްތަކަށް އުފުލާފައެވެ.

ސްޕައިސްގެ އިންޓަރނޭޝަނަލް ކާގޯ ނެޓްވަރކްގައި ހިމެނެނީ ޔޫއެސްއާއި ޔޫކޭއާއި ކެނެޑާއާއި ޖަރމަނީ، ފްރާންސް، ރަޝިޔާ، އުޒުބެކިސްތާން، ޔޫއޭއީ ސައޫދީ އެރެބިއާ، ތައިލެންޑް ޗައިނާ މިޔަންމަރ ޖަޕާން މެލޭޝިއާ ސިންގަޕޯރ އެވެ.