ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ. އޭގެ އިތުރުން ސައިޓުގައި މިހާރު ކުރިއަށްދަަނީ ބޭރު ތޮށީގެ ކޮންކްރީޓް މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެތަނުން ބުންޏެވެ.

އެމްޓީސީސީން ބުނެފައިވަނީ މުޅި މަސައްކަތަށް ބަލާއިރު މަޝްރޫޢުގެ %50 މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން

މި މަޝްރޫޢަކީ 74.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.