ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް އިއްޔެ ނިޔާވެފައިވާ އަބްދުﷲ ރަޝީދު ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ގދ.ހޯޑެއްދޫ، ސްވެން، "ޢަބްދުﷲ ރަޝީދު ހައްޔަރުކުރުމުގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ކޮށްފައެއް ނުވޭ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން މޭގައި ރިއްސާ ކަމަށް ޢަބްދުﷲ ރަޝީދު ބުނަމުންދިޔަ ކަމަށް ވެސް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. މިކަމާ ބެހޭގޮތުން ފުލުހުންނާ މެދު ތުހުމަތުތަކެއް އަންނީ ކުރެވެމުންނެވެ.

މި ކަމާ ބެހޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އެކަމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށްވާނަމަ ނުވަތަ އަނިޔާވެރިވެފައިވާކަމަށް ތަހުގީގަށް ސާބިތު ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އެޅުއްވުމަށް ފަސްޖެހި ވަޑައިނުގަންނަވާނޭ ކަމަށެވެ.

ރޭގެ ވަގުތެއްގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑުވަނީ މާލެ ގެނެސްފައެވެ.