ސްޓެލްކޯއިން ޚިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސަވާނޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

މާލެއަތޮޅުގެ ބައެއް ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ "ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުމެން މި އަސާސީ ޚިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނަމޭ. ވަކިބަޔަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީވެ ޚިދުމަތް ވަކިފެންވަރަކަށް ދީފައި އަނެއްބަކީ އަޅުގަނޑުމެންނާ ސިޔާސީގޮތުން އެއްޚިޔާލެއްގައިވާ ބަޔަކަށްވާތީ ވަކިފެންވަރެއްގެ ޚިދުމަތްދީފައި އެއުސޫލެއް އަޅުގަނޑު ނުގެންގުޅޭނަން،" ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ހަފްތާތެރޭގައި އޭނާ ވަރަށް ކަންބޮޑުވި ކަމެއް ދިމާވި ކަމަށެވެ. އެއީ ސްޓެލްކޯގެ ފަރާތުން ކަރަންޓުދިނުމަށް މާލޭގައި ބޭނުންކުރާ ދެ ޕްލާންޓުގެ ތެރެއިން އެއް ޕްލާންޓެއްގެ އިންޖީނުތަކަށް ލޮނުގެނެސް އަދި ކޫލިންސިސްޓަމުގެ ތެރެއިން އައުޓުފުލޯ ކުރާ ހޮޅިއެއް ފަޅައިގެންދިޔަ މައްސަލަ ކަމަށް ވެސް ވިދާޅުވިއެވެ.

"ފަޅައިގެންދިޔައިމައި އަޅުގަނޑުމެންގެ މަގުސަދަކަށްވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަނުދީ އެތަން އަވަހަށް މަރާމާތުކުރުން. އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމެއްނެތް ސިޓީކައުންސިލަށް އަމާޒުކޮށް ސިޔާސީގޮތުން ތަޅާފޮޅާކަށެއް. އަޅުގަނޑު ބޭނުމެއްނޫން އެކަންކުރާކަށެއް. އަޅުގަނޑު ބޭނުންވަނީ ޚިދުމަތްދޭން ރައްޔިތުންނަށް. މި ޚިދުމަތުގައި އެއީ ޕީޕީއެމް މެބްރަކަށްވިޔަސް އެމްޑީޕީ މެމްބަރަކަށްވިޔަސް އަދި އެހެން ޕާޓީގެ މެމްބަރަކަށްވިޔަސް ހަމަ އަޅުގަނޑުމެމްގެ ސްޓެލްކޯގެ ފަރާތުން ޚިދުމަތް ފޯރުކޮށްދޭނީ އެއްވަރަކަށް. ތަފާތު ކުރުމެއް ނޯންނާނެ،
ޝަރިފް

އޭނާ ވިދާޅުވީ ފެންހޮޅި މަރާމާތުކޮށް ހެދުމަކީ ސްޓެލްކޯގެ ތަޖުރިބާ ވަރަށްމަދު ދާއިރެއް ކަމަށެވެ. އެހެނަސް ރާއްޖޭގައި ނެތްފެންވަރުގެ ކަރަންޓުވައިރު ކުރުމާއި އިމްޖިނިއަރުން އިލެކްޓްރިކަލް އިންޖިނިއަރުން އެކުންފުނީގައި އެބަތިބި ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށްވުރެން ވަކި އެކަމަށް ކުޅަދާނަ ބަޔަކު ރާއްޖެއަކުން ނުގެނެވޭނެ. އެހެންނަމަވެސް ފެންހޮޅިއާއި އަދި އެފަދަ ހޮޅިތައް މަރާމާތު ކުރުމުގައި އަޅުގަނޑުމެންނަށް އިތުރަށް ތަޖުރިބާ އެބަބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

އެ ހޮޅި ފަޅައިގެންދިޔައީ މިދިޔަ ސަރުކާރުން ތާރުއަޅާފައި އޮތް ފެންވަރުގެ ދަށްކަމުންނޭ ދެންނެވުމުގެ ބޭނުމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ހޮޅި ފަޅައިގެން ހިނގައްޖެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމާ ވަކިބަޔަކަށް ބުރަބަހެއް ދަންނަވާކަށް ބޭނުމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.