ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ޖަރުމަނުވިލާތުގައި އެޑްވާންސް ތަމްރީންތަކެއް ފުރިހަމަ ކޮށްފި ކަަމަށް އެކުންފުނީން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ މުވައްޒަފުން ތަމްރީން ފުރިހަމަ ކޮށްފައިވަނީ ޖަރުމަނުވިލާތުގެ އެމްއޭއެން މައި އިންޖީނުގެ ސްޓެންޑަރޑް އެންޑް އެޑްވާންސް ތަމްރީނުތަކެއް ކަމަށެވެ.

މި ތަމްރީން އެމީހުން ފުރިހަމަކޮށްފައިވަނީ އޮކްޓޯބަރ 17 އިން 28 އަށެވެ. މި ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމުގައި މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެންދާނެއެވެ.

ސްޓެލްކޯއަކީ މީހުން އުފެއްދުމަށް އިސްކަންދީގެން މަސައްކަތް ކުރާ ކުންފުންޏެެކެވެ. ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނީ މީހުން ތަމްރީންކޮށްގެން ކަމަށް ސްޓެލްކޯއިން ދެކެއެވެ.