ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދަތުރުތައް ހުއްޓާލައިގެން ތިބުމަށްފަހު، ކުވެއިތުގެ ގައުމީ އެއާލައިން، ކުވެއިތު އެއަރވޭޒްއިން މިއަދު ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފިއެވެ.

ކުވައިތު އެއާރވޭސްއިން ނިންމާފައި ވަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރުމަށެވެ. ދަތުރުތައް ކުރާނީ ސީދާ ކުވައިތުން ރާއްޖެއަށެވެ. މި ދަތުރުތަކުގައި ކުވައިތު އެއަރވޭސްއިން ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އޭ 320 މަރުކާރުގެ މަތިންދާބޯޓްކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.

ކުވައިތު އެއަރވޭޒުން ރާއްޖެއަށް ދަތުރުތައް ފަށާފައި މިވަނީ ޔޫރަޕުގެ ގިނަ އެއާލައިންތަކުންވެސް، އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާ ދިމާކޮށް ގިނަަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާކަން ފާހަގަ ކޮށްލެވެއެވެ.