ފޯޅަވަހީގެ ވާހަކަ ދުނިޔެއަށް އަޑު އިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ 2016 އަދި 2017 ވަނަ އަހަރު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެދުވަސްވަރު ރާއްޖޭގައި އޮތީ ރައީސް ޔާމީންގެ ސަރުކާރެވެ. އެހެން ކަމުން އެވާހަކަ ދައްކަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ސަރުކާރަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

"ޗާގޮސް އާކިޕެލާގޯ އަކީ ރާއްޖޭގެ ބައެއް ކަމަށް ދެކޭނަމަ އެވާހަކަ ދުނިޔެއަށް އަޑުއިވޭވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ 2016، 2017 ގައެވެ." އިމްރާން ވިދާޅުވިއެވެ. މިހާރުވެސް އެވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެއްކާއެކު އެވާހަކަ ދައްކަވަންވީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާފަދަ އެއްވެސް ނިންމުމެއް މިސަރުކާރުން ނުނިންމަވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ރައީސް ސާލިހުގެ ވެސް ވާހަކަފުޅެވެ.