ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެރިސޯޓުގެ ޖެޓީ މަތީން ބަގީ ދުއްވާފައި ދަނިކޮށް މޫދަށް ވެއްޓި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މޫދަށް ވެއްޓިފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ މޮރޮކޯ އަންހެނެއް ކަމަށެވެ. އޭނާގެ އުމުރަކީ 26 އަހަރެވެ. ބަގީއާއެކު މޫދަށް ވެއްޓި އަނިޔާވުމުން މިހާރު އޭނާ ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައި ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.