އިނގިރޭސިވިލާތުގެ ލީޑްސްގައި ކުރިއަށްދާ ޝްނެއިޑަރ އިލެކްޓްރިކް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ބައިވެރިވި ސްޓެލްކޯގެ އިންޖިނިއަރުން ޚާއްސަ ތަމްރީނެއް ފުރިހަމަކޮށް އިތުރު ހަރުފަތަކަށް އަރައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެެ އއިންޖިނިއަރުން ފުރިހަމަ ކުރި ތަމްރީނަކީ ރިންގްމާސްޓަރ ސްވިޓްޗް ގިއަރސްއާ ގުޅޭ ތަމްރީންތަކެއް ކަމަށެވެ. "މިފަދަ ޓްރެއިނިންގ ތަކުގެ ސަބަބުން މުވައްޒަފުންގެ ހުނަރު އިތުރުވެ، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ،" ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެއްވުމަށް މަސައްކަތް ކުރައްވާ ކުންފުންޏެކެވެ. އެގޮތުން އެކިދާއިރާތަކުން މީހުން ތަމްރީންކޮށް މީހުންމީހުންނަށް ހެދުމަކީ އެކުންފުނީން އަބަދުވެސް ކުރައްވާ ކަމެެކެވެ. ޚާއްސަކޮށް މިހާރު އެކުންފުނީން އަމާޒު ހިފާފައިވަނީ ކުރިއަށްވުުރެވެސް ބޮޑަށް މިކަންކަމުގެތެރެއަށް ވަދެ މީހުން ތަމްރީންކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް އަވަހަށް ރައްޔިތުންނަށް ދިނުމަށެވެ.