މައްސަލަ ހައްލުކޮށް ހުޅުމާލޭ ފިޔަވަހި 2 ގެ ހިޔާ ޓަވަރުތަކަށް އަލުން ކަރަންޓުދީފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ޓަވަރުތަކަށް ކަރަންޓު ދީފައިވަނީ ކަރަންޓު ކެނޑުނުތާ ތިން ގަޑިއަށްވުރެ ގިނައިރުފަހުންނެވެ.

ޓަަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އެ ކޭބަލަށް ގެއްލުން ލިބުނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ބިންގަނޑު ކޮނުމުގެ ތެރޭގައި ކަމަށެވެ. އެ ކޭބަލް އައިސޮލޭޓްކުރުމަށްފަހު ޓަވަރުތަކަށް ކަރަންޓުދީފައިވަނީ އެހެން ކޭބަލެއް މެދުވެރިކޮށް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.