ނެވިގޭޝަނާއި ޗާޓުވޯކްގެ މަޢުލޫމާތު އދ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލުކުރަމުންދާ ގުރޭޑު 5، 6، 7 އަދި 8 ގެ ދަރިވަރުންނަށް އެމްއެންޑީއެފުންް ދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މިއީ ސޯޝަލް ސްޓަޑީޒް މާއްދާގެ ފިލާވަޅުތަކަށް ޚާއްސަކޮށްގެން ދިން މައުލޫމާތެއް ކަމަށެވެ.

އެ މަދަރުސާގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި 98 ދަރިވަރުންނާއި، 18 ޓީޗަރުންގެ އިތުރުން އެ ސްކޫލުގެ ޕްރިންސިޕަލް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު، އދ.އަތޮޅު މަދަރުސާގެ 135 ދަރިވަރުންނާއި 14 ޓީޗަރުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އަށް ޒިޔާރަތްކޮށްފައެވެ. އެޒިޔާރަތުގައި އެ އުޅަނދުގައި ބޭނުންކުރާ އާލާތްތަކާ ބެހޭ މަޢުލޫމާތު ވެސް ވަނީ ހާދައިފައެވެ.