ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި މި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ ރޯޑް ޕޮލިހުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި ޓެކްސީ ކުރުމުގެ ގަވާއިދާ ބެހޭ މައުލޫމާތު ދީފައިވެއެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި 145 މީހުން ބައިވެރިވި 143 މީހުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރ 15 އިން 20 އަށެވެ.

ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 104 މީހުން ބައިވެރިވި ކަމަށް ފުލުހުން ވިދާޅުވިއެވެ.