އިންޓަރޕޮލް ނުވަތަ އިންޓަރ ނޭޝަނަލް ޕޮލިސްގައި މަސައްކަތް ކުރާ ފުރަތަމަ ދިވެހި ފުލުހުގެ ޝަރަފް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފަށް ލިބިއްޖެއެވެ.

ކޮމިޝަަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިންޓަރޕޮލްގައި މަސައްކަތް ކުރުމުގެެ ލިޔުން ރިޟްވާން ޝަރީފާ ހަވާލު ކޮށްދެއްވައިފައެވެ. ތިން އަހަރުގެ މުއްދަތަަށް އޭނާ މަސައްކަތް ކުރައްވަނީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަރޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރގައެވެ. އެތަނުގައި މަސައްކަތް ކުރަން ރިޟްވާން ޝަރީފް ފަށްޓަވާނީ އަންނަ ޑިސެންބަރު އެެކެއްގައެވެ.

އިންޓަރޕޮލްގައި 195 ގައުމަކުން ބައިވެރިވެއެވެ. އެތައް ގައުމެއްގެ ފުލުހުން ހިމެނޭ ބޮޑު ޖަމިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަތު އާބާދީ މަދު ކުޑަކުޑަ ދިވެހިރާއްޖޭގެ ފުލުހަލަށް ލިބުމީ މިކަމުގައި ކުރިއަށް ދިއުމަށް ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެކެެވެ.