ނ. އަތޮޅު ލަންދޫ މާބަދިގެ ސަރަޙައްދު ގައި ދާރުލްއާސާރެއް ނުވަތަ މިއުޒިއަމެއް ތަރައްގީ ކުރުމަށް ނެޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޭޖުން ނިންމައިފިއެވެ.

އެ މަސައްކަތުގެ ފިޔަވަހި އެކެއްގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލު ކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އިއްޔެއެވެ. ނެޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޭޖުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަހްމަދު ތާރިގެވެ.

މިއީ އިންޑިޔާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރުއެއް ކަމަށް ނެޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޭޖުން ވިދާޅުވެފައިވެއެވެ. މިކަމަށް 4,998,541.40 ރުފިޔާ ހޭދަވެއެވެ.