ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ބިންހެލުމެއްގެ އަސަރު ކޮށްފިއެވެ.

މެޓު އޮޮފީހުން ބުނީ އެކަމާބެހޭ ރިޕޯޓު އެ އޮފީހަށް ލިބުމުން އެކަން ބަލައިފައިވާ ކަމަށެވެ. އެ އޮފީހުން ބުނެފައިވަނީ އެކަން ކަށަވަރުވެފައިިވަނީ ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑުކުރާ މީޓަރުންް ކަމަށެވެ.

އެ ބިންހެލުމުގެ އަސަރު ކޮށްފައިވަނީ މިރޭ 0011 އެހައިކަންހާއިރު ކަމަށް އެތަނުން ބުނެފައިވެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނޭ ކަމަށް ލަަފާ ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އިންޑިއާގެ ނިއުދިއްލީއަށްވެސް ރޭ ވަނީ ބިންހެލުމެއް އައިސްފައެވެ.