މާލޭގެ ކުރީގެ ކުނިކޮށީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.

އެތަނުގައި އަލިފާން ރޯވީ، އެތަނުގައި ޓިނުން ހަދާފައި ހުރި ގެގަނޑެއްގައެވެ. އަދި މި އަލިފާން ރޯވާން މެދުވެރިވީ ދެ ޓިނުގަނޑުގެ މެދުގައި ފިނިކުރަން ލައްވާފައި ހުރި ސްޕޮންޖްތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު މެންދުރު 12:11 އެހައިކަންހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މިއަދު މެންދުރު 12:29 އެހައިކަންހާއިރުއެވެ.