ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމުން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށް ސަރުކާރުން ނިންމަވައިފިއެވެ. އޭޭގެ އިތުރުން ސަރުކާރުން ވަނީ ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށްވެސް ނިންމަވައިފައެވެ.

މީގެ ތެރެއިން ތައުބީނުގެ ޖަލްސާ އިންތިޒާމުކުރަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައިކަމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އިބްރާހީމް މަނިކަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެވެ. އެ މަނިކުފާނު އަވަހާރަވީ މިއަދު ހެނދުނުއެވެ. އަވަހާރަވީ އިންޑިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށްނެވެ.

އެމަނިކުފާނު އަވާހަރަ ވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.