އދ. އޮމަދޫގައި ސްޓެލްކޯއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. އެރަށު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިކަމަށް މަޝްވަަރާކޮށްފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު އާދަމާއި އޮމަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީންނެވެ.

މިއަދު ބޭއްވި މަޝްވަަރާތަކުގައި ވަނީ ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދައިފައެވެ. މި މަޝްވަރާތައް ކޮށްފައިވަނީ އޮމަދޫގައެވެ.

ސްޓެލްކޯއިން މަސައްކަތް ކުރަނީ އެކުންފުނީން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ފުޅާ ކުރުމަށެވެ. އެގޮތުން އެ ކުންފުނީން ގެންދަނީ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެކުންފުންްޏަކީ މާލެއާއި ބައެއް ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން ގެންދާ ކުންފުންޏެކެވެ.