އދ. މަންދޫގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް މަންދޫ ކައުންސިލާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާގައި އެރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވަނީ ސްޓެލްކޯއިން އެރަށުގައި ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމާއި އެރަށުގެ ތަރައްގީއަށް އެކުންފުނީން އިތުރަށް ހިއްސާވެވިދާނެ ގޮތްތަކާ މެދުވެެސް މަޝްވަރާކޮށް ޚިޔާލު ހޯދައިފައެވެ.
ސްޓެލްކޯއަކީ ރައްޔިތުންނާ ގާތުންް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ދެފުށް ފެންނަ ގޮތަށް ފުރިހަމަ ކަމާއެކު ޚިދުމަތް ދިނުމަކީ އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވަރަށް ބޮޑު އިސްކަމެެއް ދެއްވާ ކަމެކެވެ.