ގދ. ފަރެސްމާތޮޑާގައި މިހާރުކުރިއަށްދާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ އެރަށުގައި މިހާރު ކުރިއަށްދާ މަސްވެރިކަމުގެ އެކްސްޕޯއެވެ.

މިފްކޯއިން ބުނެފައިވަނީ މި އެކްސްޕޯގައި އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ޝެފް ނާބެ އާއި މިފްކޯގެ އުފެއްދުންތަކަށް ކަމަށެވެ. ފަރެސްމާތޮޑާ ރައްޔިތުންގެ ފަރާތން އެފަދަ ތަރުހީބެއް ލިބެނުންދާތީ އެކުންފުނީން ވަނީ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ފަަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމުގެ އެކްސްޕޯ ހުޅުވައި ދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ، ޙުސައިން ރަޝީދު ޙަސަނެވެ. މި އެކްސްޕޯގައޮ ތަފާތު ސްޓޯލްތައް ހިމެނެއެވެ.

އެކްސްޕޯ 2022 ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވަނީ މިފްކޯގެ ސްޓޯލާއި އެެެެހެން ސްޓޯލްތައް ވެސް ބައްލަވާލައްވައިފައެވެ. މި އެކްޕޯގައި މަސް ޕްރޮސެސްކުރާ ކުންފުނިތަކާއި ފަރެސްމާތޮޑާ އިންވެސް ބައިވެރިވެފައިވެއެވެ.

42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން އެރަށުގައި ވަނީ މަސްވެރިކަމުގެ ފޯރަމެއް ވެސް ބާއްވައިފައެވެ.