ނުުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އިއްޔެ ރެސްޓޯރަންޓެއް ހުޅުވައިފިއެވެ. ''ޑާވިން'' ގެ ނަމުގައިހުޅުވި މި ރެސްޓޯރަންޓަކީ ރާއްޖޭގައި ހުުޅުވި މިފަދަ ފުރަތަމަ ރެސްޓޯރެންޓެވެ.

މި ރެސްޓޯރަންޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހާއިން ވަދެ ނިކުމެވޭ އަދި އެފަރާތްތަކަށް ހުންނަ ދަތި އުނދަނގޫތަކަށް ވިސްނާފައި ފަރުވާމާ ކޮށްފަައިވާ ތަނެކެވެ. އެތަނުގެ ހުރިހާ ޚިދުމަތެއްވެސް ފަސޭހައިން ބޭނުންކުރެވުމުގެ އިތުރުން، އެފަރާތްތަކަށްވެސް ތަފާތު ހަފްލާތަކުގައި ބަައިވެރިވެވޭނެ ގޮތަށް އެތަންވަނީ ހަދާފައެވެ.

''ޑާވިން'' ރެސްޓޯރަންޓް ފަރުމާކޮށް ޚިދުމަތްތައް ބައްޓަން ކޮށްފައިވަނީ އަޅާލުމާއި، ލޯތްބާއި ފުރިހަމަ އެއްބާރުލުން އެފަރާތްތަކަށް ލިބޭ ގޮތަށެވެ. މިތަން ހުޅުވުމުގެ މަޤްސަދަކީ، ފަސޭހަކަމާއެކު އުފާވެރި ވަގުތުކޮޅެއް ތަޖުރިބާ ކޮށްލުމަށް އެފަދަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމެވެ.

''ޑާވިން'' އިން ވަނީ ޕީޑަބްލިޔު.ޑީ ކާޑް ހޯލްޑަރުންނަށް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް) ޚާއްސަ ސްކީމެއްވެސް ތަޢާރަފު ކޮށްފައެވެ. މި ގޮތުން ފަސް ޕަސެންޓް ގެ ޑިސްކައުޓެއް މިފަދަ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ރެސްޓޯރެންތު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޔޫ.އެންޑީޕީ ޑިސްއެބިލިޓީ ކައުންސިލް މެމްބަރުންނާއި، ޕެެރަލިމްޕިކް ކޮމެޓީ، ވެލްނަސް އެސޯސިއޭޝަން މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާރސަންސް ވިތު ޑިސްއެބިލިޓީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރުމަހު 22ގައި މި ރެސްޓޯރަންޓްގެ ޚިދްމަތްތައް ވަނީ ފަށައިފައެވެ. މި ތަނުން ރާއްޖެއާއި އިންޑިޔާގެ އިތުރުން ބޭރުގެ އެހެން ރަހަތަކާއި ބުއިން ލިބެން ހުންނާނެއެވެ.

ހަމައެއާއެކު ސީ.އެސް.އާރުގެ ޚިދުމަތުގައި ޝާމިލުވުމުގެ ގޮތުން.ސީ.އެސް.އޯ އާއި. ސީ.ބީ.އޯ އިން ބައްދަލުވުންތައް ބޭއްވުމަށް ޑާވިން ފެމިލީ ރޫމް ވަނީ ހަމަޖައްސާދެއްވާފައެވެ. ''ޑާވިން'' އަކީ އޫރިދޫ ކްލަބް ޕްރެމިއަރ ގެ މެމްބަރެކެވެ. މި ގޮތުން މި ރެސްޓޯރަންޓްވަނީ އޫރިދޫގެ ކަސްްޓަރމަރުންނަށްވެސް ޑިސްކައުންޓް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.