މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިޚާބު މިއަދު ބާއްވައި 13 މެންބަރަކު އިންތިޚާބު ކޮށްފިއެވެ. މިއަދު އިންތިޚާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރެއްވުމަށް 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރެކެވެ.

އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ. މި އިންތިޚާބުގައި މީޑިއާތަކުން 10 ބޭފުޅަކު ކުރިމަތި ލެއްވިއެވެ. ކައުންސިލްގައި ހިމެނޭ އާންމު މެންބަރު ކަމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

މީޑިއާތަކުން އިންތިޚާބު ކުރި ބޭފުޅުން:

1- އަޙްމަދު އާޒިފު، ސަން އޮންލައިން، 85 ވޯޓު.

2- މުޙައްމަދު ސިމާއު، ވަން އޮންލައިން، 85 ވޯޓު.

3- މުޙައްމަދު އަފްރާހް، ތިލަދުން، 82 ވޯޓު.

4- މޫސާ ރަޝީދު، މިހާރު އޮންލައިން، 80 ވޯޓު.

5- ހުސައިން ޝަރީފު، ވަގުތު އޮންލައިން، 75 ވޯޓު.

6- އަޙްމަދު މުސްތަފާ، ޕަބްލިކް ސަރވިސް މީޑިއާ، 62 ވޯޓު.

7- އަލީ ނިޝާން، އާފަތިސް އޮންލައިން، 58، ވޯޓު.

އާންމުންގެ ތެރެއިން އިންތިޚާބުވި 6 ބޭފުޅުން:

1- އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، 84 ވޯޓު.

2- އަޙްމަދު ޞައްފާނު، މާކޯނި، ރ.ވާދޫ، 79 ވޯޓު.

3- ފާތިމަތު ޝާޒުލީ، ހ.ޝީޝަމް، 77 ވޯޓު.

4- އަޙްމަދު އަމީން މުޙައްމަދު، ރިހިދޯދި، ގދ.ފިޔޯރި، 54 ވޯޓު.

5- މުޙައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، 52 ވޯޓު.

6- އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ، 48 ވޯޓު.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 99 ފަރާތަކުން ރަޖީސްޓްރީ ކުރިއެވެ. އޭގެ ތެރެއިން ވޯޓުލައިފައިވަނީ 93 ފަރާތަކުންނެވެ.

މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބަކީ މޯލްޑިވް މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރައްވާ 7 މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ 6 މެންބަރެއްގެ ދައުރުގެ މުއްދަތު މިހިނގާ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިތިޚާބު ކުރުމަށްޓަކައި ބޭއްވި އިންތިޚާބެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރެވެ.