މާލެ ވެސްޓް ޕާކާ ދިމާ ބޭރުން ދޯންޏެއް ބަންޑުން ވެެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ޚަބަރުލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވާން ފަށައިފައި ކަމަށެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. އެ ދޯންޏައް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަކުރަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓް-113 ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅވިއެވެ.