މާލެގެ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދުން އަރަމުންދިޔަ ދުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑިއެފް އިން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވި ގޮތުގައި އެ ސައިޓު ވަނީ މިހާރު ފުލުހުންނާ ހަވާލުކުރެވިފައެވެ.
މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ގާތްގަނޑަކަށް 200 މީހުން ދިރިއުޅުނު އެތަނުގައި ރޯވިއިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެއެވެ.
ނީލަން ފިހާރަގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ހުރެއެވެ. މިއީ ނީލަން ފިހާރައިގައި ރޯވި ތިންވަނަ ފަހަރަކުން ފާހަގަ ކޮށްލެވެއެވެ. އެ ސަރަހައްދަށް އާންމުން ދިޔުން އަދި ރައްކާތެރި ނޫންކަމަށް އެމްއެންޑީއެފްއާއި ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ސަރަހައްދަށް ކޮންމެހެން ދާންޖެހިގެން ދާ މީހުންވެސް މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާޒްކުރައްވައިފައެވެ.
ނުރައްކާތެރި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.