އައްޑޫސިޓީ މަރަދޫ ޒުވާނަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި ކަަަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ވީނުވީއެއްނޭނގި ގެއްލިގެެން ހޯދަން ފަށައިފައިވަނީ މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 އެހައިކަންހާއިރުކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓުކޮށްފައިވަނީ ފެބުރުވަރީ 5 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފަައިވެއެވެ. އޭނާ ހޯދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުން އަދި ޚަބަރެއް ނުވެއެވެ.

އއ، މަތިވެރީންވެސް މީހަކު ގެއްލިގެން ފުލުހުން ގެންދަނީ އެރަށުގެ ރައްޔިތުންނާއި ސިފައިންނާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމީހާގެ ޚަބަރެއްވެސް އަދިނުވެއެވެ.