އިންޑިއާގެ ބާޒާރުގައި ކުރިއެރުމެއް ނިލުބުމުން ހާލީ ޑޭވިޑްސަންއިން އިންޑިއާގެ އޮޕަރޭޝަން ހުއްޓާލަން ނިންމައިފިއެވެ.

އެމެރިކާގެ ސައިކަލްގެ ރަސްގެފާނު، ހާލީ ޑޭވިޑްސަންއަށް ތިން އަހަރާ ބައި ގެ ތެރޭގައި އެއްވެސް ފައިދާއެއް ނުދެއްކުމުން އެ ކުންފުނިން ނިންމީ ތަރައްގީ ވަމުން އަންނަ އިގްތިސާދުތަކުގައި އަލަށް މުއްސަނދިވާ ޒުވާނުންނަށް އަމާޒުކޮށް ސައިކަލް އުފައްދައި ވިއްކުމަށެވެ.

4 ލައްކަ ރުޕީސްގެ ހާލީ ޑޭވިޑްސަން

އަހަރަކު 14 މިލިއަން ސައިކަލް ވިއްކާ އިންޑިއާގެ ސައިކަލްގެ ބާޒާރަށް ވަނުމުން، ހާލީ ޑޭވިޑްސަންއަށް ކުރިއެރުމެއް ނުލިބުނެވެ.

އިންޑިއާއިން ބޭރުވެގެން ދިޔައަށް އެކުންފުނިން ގުރުގާއުނގައި އެމީހުންގެ އޮފީސް ބަހައްޓާނެއެވެ.

ހާލީ ޑޭޥިޑްސަންއިން އިންޑިއާއަށް ވަން އިރު، އެކުންފުނިން ވަނީ ބައެއް އުފެއްދުންތައް މަދުކޮށް، 50 ގައުމެއްގައި އިންވެސްޓް ކުރަން ނިންމާފައެވެ.

އިންޑިއާގެ މާކެޓަށް ބޮޑެތި ކުންފުނިތަކުން އެކަނި ވަނުމުން ފުރުސަތު ހަނިވެއެވެ.

އެމެރިކާގެ ފޯޑް ކުންފުނިންވެސް އަމިއްލައަށް އެކަނި އިންޑިއާ މާކެޓަށް ވަނުމުން ފައިދާ ނުވުމުން، އެންމެފަހުން ނިންމީ މަހިންދްރާ އެންޑް މަހިންދްރާއާ ގުޅިގެން ކުރިއަށް ދާށެވެ.