އިއްޔެ ހަވީރު ނ. މަނަދޫގެ ގެއެއްގައި މަރުވެފައި އޮތް އަންހެނަކު ފެނުމ ގުޅިގެން އެމައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓް ގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެރަށުގެއެއްގެ ކޮޓަރިތެރޭގައި މަރުވެފައި އޮއްވައިފެނިފައިވަނީ އުމުރުން 62 އަހަރުގެ އަންހެނެކެވެ. ބައެއް މަސްދަރުތައް ބުނާގޮތުގައި އޭނާއަށްވަނީ ތޫނުއެއްޗަކުން ހަމަލާދީ މަރާލައިިފައެވެ. އެހެންނަމަވެސް އެެކަން ފުލުހުން ވެސް އަދި އެރަށުގެ ކައުންސިލުން ވެސް ކަށަވަރެއް ނުކޮށްދެއެވެ. ކައުންސިލުން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެކަމާ ގުޅިގެން މައުލޫމާތު ދެއްވާނީ ފުލުހުން ކަމަށެވެ. އެމީހާއަށް ތޫނުއެއްޗަކުން ހަމަލާއެއް ދީފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަަމަށް ކައުންސިލުން ވިދާޅުވިއއެވެ.