އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓުން ގއ. އަތޮޅުގައި ހުންނަ ރެޒިޑެންސް މޯލްޑިވްސްގެ މުވައްޒަފުންނަށް ފަޔަރ ސްކޮޑް ޓްރެއިނިންގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މެއި މަހުގެ 13 ވަނަ ދުވަހު ރެޒިޑެންސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޠާހިރުއެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޕްރޮގްރާމުގައި ކިޔަވައިދިން ތިއަރީ ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، އިންޓްރޮޑަކްޝަން ޓު ފަޔަރ ހޯސް، އަދި ފަޔަރ ޑިޓެކްޝަން އެލަރމް އެންޑް ސަޕްރެޝަން ސިސްޓަމްސް / ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމްސް ހިމެނެއެވެ.
ހަމައެއާއެކު ޕްރޮގްރާމުގެ ޕްރެކްޓިކަލް ކުލާސްތަކުގެ ތެރޭގައި ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، ފަޔަރ ހޯސް ކެރީ މެތަޑްސް، ހޭންޑް ސިގްނަލް، ފަޔަރ ހޯސް ލެޔިންގ އެންޑް ރޯލިންގ، ފޯވަޑް ހޯސް ލޭ، ފަޔަރ ފައިޓަރ ބޭސިކް ނޮޓްސް، ޕޯޓަބަލް ފަޔަރ ޕަމްޕް ސްޓާޓިންގ އެންޑް ސްޓޮޕިންގ، ޕޯޓަބަލް ފަޔަރ ޕަމްޕްގެ ޓްރަބްލް ޝޫޓިންގ ޕްރޮސީޖަރސް، ޕްރައިމިންގ އެންޑް ފްލަޝް އައުޓް ކެއަރ އެންޑް މެއިންޓަނެންސް އޮފް ފަޔަރ ހޯސް އެންޑް ޕަމްޕްސް، ފަޔަރ ސްޓްރީމް، ވިކްޓިމް ކެރިޔިންގ މެތަޑްސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްވެސް ހިމެނެއެވެ.
ޕްރޮގްރާމުގެ ތެރެއިން ޕިޒިކަލް ޓްރެއިނިންގ ކުލާސްތަކާއި ކޮމާންޑް ޓާސްކް އެކްސަސައިޒެއްގެ އިތުރުން ގްރައުންޑް އޮރިއެންޓެޑް އެކްސަސައިޒެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓުގެ ސިފައިންކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅު ވެފައެވެ.
ރެޒިޑެންސް މޯލްޑިވްސްގައި މެއި މަހުގެ 6 އިން 12 އަށް، 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރެޒިޑެންސް މޯލްޑިވްސްގެ 19 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.