އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ގއ.ކޮނޑޭ ކައުންސިލާ ބައްދަލުކުރައްވައިފިތާރީޚް: 14-05-2023, 14:30

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ކާނަލް އަޙްމަދު ޠާހިރު، ގއ.ކޮނޑޭ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ކޮނޑޭ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުންނާއި ގއ.އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންގެ އިތުރުން ގއ.ކޮނޑޭ ސްކޫލުގެ ޕްރިންސިޕަލް ވަނީ ބައިވެރިވެލައްވާފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވަނީ އެމްއެންޑީއެފުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށެވެ. އެގޮތުން ސިފައިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮގްރާމުތަކާއި ގުޅޭ ގޮތުންނާއި ކުރިމަގުގައި ކޮނޑޭގެ ރައްޔިތުންނަށް ހިންގިދާނެ ކޮމިއުނިޓީ ޕްރޮގްރާމުތަކާއި ކައުންސިލާއި ސިފައިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ އަރިހުގައި އެ އޭރިއާ ކޮމާންޑުގެ އެސް-3 މޭޖަރ ޢިއްޒަތުﷲ އާއި ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ކޮމާންޑަރ ލެފްޓިނަންޓް އިބްރާހިމް އިފްނާޒާއި ސަދަން އޭރިއާ ފަޔަރ ކޮމްޕޯނަންޓްގެ ކޮމާންޑަރ ސާޖަންޓް ފަސްޓް ކުލާސް އިބްރާހިމް ދީދީގެ އިތުރުން ކާޑެއްދޫ ޕޯސްޓްގެ އެންސީއޯ އިންޗާޖް ސްޓާފް ސާޖަންޓް ޝިފާޢު ޢަބްދުލް ހަކީމް ބައިވެރިވެލެއްވިއެވެ.