އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގއ. ވިލިނގިލީ ހޮސްޕިޓަލްގައި އޮތް ހާލުދެރަ ބަލި މީހަކު މާލެ ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ ހާލުދެރަ ބަލި މީހަކު، ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފައިވާ ކަމަށެވެ. އަދި އެމީހާ ގެނެސްދީފައި ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ކަމަށެވެ.

މި ބަލި މީހާ މާލެ ގެނެސްފައި ވަނީ މިއަދު 15:17 ހާއިރުއެވެ.

އުމުރުން 22 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްދީފައި ވަނީ، މި މީހާ ބެއްލެވި ޑޮކްޓަރ ދެއްވި ލަފައަކާ ގުޅިގެންނެވެ. ޑޮކްޓަރ ލަފާދެއްވާފައިވަނީ މިމީހާއަށް މާލެގެންގޮސް ފަރުވާ ކުރުމަށެވެ.